ގްރުއާނުގެ
ޢިލްމު:
سورة العا ديات
1. "އަދި ފިޔަވަޅުތަކުން އަލިފާންކަނޑަމުން ދުވާ
އަސްތައް ގަންދެއްވަމެވެ."މިއީ ޢާދިޔާތް ސޫރަތުގެ ދެވަނަ އާޔަތުގެ މާނައެވެ. މިމާނައިން
ދޭހަވާ ދެކަމެއްލިޔޭ!
2. ޢާދިޔާތުސޫރަތުގެ
ފުރަތަމަ 5 އާޔަތުގައި ބަޔާންކުރެވިފައިވަނީ ކޮންވާހަކަތަކެއްކަން ކުރުކޮށް ބުނެދީ!
3،. ޢާދިޔަތު
ސޫރަތުގެ ފުރަތަމަ 5 އާޔަތުގައި ބަޔާންކުރައްވާފައިވާ އަހުގެ ކިބައިން
ފާޅުވާ ތިންސިފައެއްބުނެދީ!
4. ކީރިތިގުރުއާނުގެ
ބައެއްސޫރަތްތައް ފެށުމުގައި މަޚްލޫގުން ގަންދެއްވައި ﷲ ބަސްވަޙީކުރެއްވުމުގެ ޙިކުމަތަކީކޮބާ؟
5. ސޫރަތުލް
ޢާދިޔާތުން ދޭހަވާ ކަންތައްތަކަކީކޮބާ؟
6. ސޫރަތުލް
ޢާދިޔާތުގައި ބަޔާންކުރައްވާފައިވާ އިންސާނުންގެ ކަބައިންފާޅުވާ ނޭދެވޭ
ދެސިފައަކީކޮބާ؟
7. ސޫރަތުލްޢާދިޔާތުގެ
ފުރަތަމަ ފަސްއާޔަތުގައި ބަޔާން ކުރައްވާފައިވަނީ ﷲގެ މަގުގައި ޖިހާދުކުރި މުޖާހިދުންގެ
ސަވާރީ (އަސްތައް) ތަކުގެވާހަކައެވެ. އެ ސަވާރީތަކުގެ ޙަރަކާތްތަކުން
ފާޅުވެގެންދިޔަކަމަށް އެއާޔަތްތަކުން ބަޔާންކުރައްވާފައިވާ 3 ސިފައެއް ލިޔޭ!
8.. ސޫރަތުލްޢާދިޔާތުގެ 5 ވަނަ އާޔަތުގެ މާނައިގައިވެއެވެ. ''ހަމަކަށަވަރުން
އިންސާނާއަކީ އޭނާގެ ވެރި ރަސްކަލާނގެއަށް ޙަރާންކޯރުވުން ބޮޑު މީހެކެވެ.'' މިއާޔަތުގައި
ބަޔާންކުރައްވާފައިވާ ޙަރާންކޯރުވުންބޮޑެވެ. އެ ބުނަނީ ކީކޭހެއްޔެވެ؟
9. އިންސާނާ
ދުނިޔޭގައި ކޮށްފައިވާ ކަންތައްތަކުގެ
ތެރެއިން އާޚިރަތުގައި އޭނާއަށް
ފައިދާކުރަނިވި 3 ކަމެއްލިޔޭ!
10. އިންސާނާ
ދުނިޔޭގައި ކޮށްފައިވާ ކަންތައްތަކުގެ
ތެރެއިން އާޚިރަތުގައި އޭނާއަށް
ފައިދާކުރަނިވި 3 ކަމެއްލިޔޭ!
سورة الزلزلة:
1. ޒަލްޒަލާ
މިސޫރަތުގައި ބަޔާންވެގެންވާ ގިޔާމަތުގެ ޢަލާމާތަކީކޮބާ؟
2. " އެދުވަހުބިންގަޑު އޭގެޚަބަރުތަކުގެ ވާހަކަ
ދައްކާނެއެވެ." މިޢިބާރަތުން ދޭހަވާމާނަލިޔޭ!
3. ޒަލްޒަލާ
ސޫރަތުގައި ބަޔާންވެގެންވާ ގޮތުގައި ގިޔާމަތްދުވަހު މީސްތަކުން ތަފާތު ބައިބަޔަށް
ބެހިގެންދެއެވެ. އިސްވެދިޔަ އިބާރަތުގައި މީސްތަކުން ބެހިގެންދާ ތަފާތު ބައިތަކަކީ ކޮބައިކަން
ބުނެދީ !
4. ޒަލްޒަލާ
ސޫރަތުން ދޭހަވާ ކަންތައްތައް ނުވަތަ ޢިބުރައްތައް ބަޔާންކުރޭ!
5. ގިޔާމަތްދުވަސް
އަންނާނެކަން ގަބޫލު ކުރާމީހާ އެދުވަހަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ ޢަމަލްތައް
ބަހައްޓަންޖެހޭ ގޮތަކީކޮބާ؟
6. ޤިޔާމަތްދުވަހަކީ
އަންނާނޭ ދުވަހެއްކަން ބުއްދީގެ ދަލީލަކުން ސާބިތުކޮށްދީ!
7. ޤިޔާމަތްދުވަހަކީ
އަންނާނެ ދުވަހެއްކަން އެންގެވިނަމަވެސް ގިޔާމަތްވާނެވަގުތު ސިއްރުކުރެއްވުމުގެ
ޙިކުމަތަކީކޮބާ؟
سورة البينة:
1އަހުލުކިތާބީންނަކީކޮންބައެއް؟
2. " ސީދާވެގެންވާ ޙުކުމްތައް
އެފަތްފުތްތަކުގައިވެއެވެ." މިއިބާރަތުންދޭހަވާމާނައަކީކޮބާ؟
3. އަޅުކަމުގައި
އިޚްލާޞްތެރިވުމަކީކޮބާ؟
4. ސޫރަތުލްބައްޔިނާގައި
ސުވަރުގެ ސިފަކުރައްވާފައިވާގޮތަކީކޮބާ؟
5. މުޝްރިކުންނަކީކޮންބައެއްކަން
މިސާލާއެކު ބުނެދީ؟
6. ބައްޔިނާސޫރަތުގައި
މައިގަނޑު ގޮތެއްގައި ވާހަކަދެކެވިފައިވަނީ ކޮންކަންތައްތަކެއްގެ މައްޗަށް؟
7. އިޚްލާޞްތެރިވުމަކީ ކޮބައި؟
8. ބައްޔިނާ ސޫރަތުން ލިބޭ 3 ޢިބްރަތް ލިޔޭ!
سورة القدر:
1. ލައިލަތުލްގަދްރިވިލޭރޭގެ
މާތްކަން ހާމަވާ 4 ސަބަބެއްލިޔޭ!
2. ލައިލަތުލް
ގަދްރި ހޯދުމަށް އަހަރެމެންނަށްކުރެވިދާނެ 4 ކަމެއްލިޔޭ!
3. ލައިލަތުލްގަދްރި
ވިލޭރޭ ސިއްރުކުރެއްވުމުގެ ޙިކުމަތަކީކޮބާ؟
4. ސޫރަތުލްގަދްރިން
ދޭހަވާ ކަންތައްތަކަކީކޮބާ؟
5. ލައިލަތުލްޤަދުރި
ވިލޭރޭ ކުރުން އެންމެ ރަނގަޅު ކަންތައްތަކަކީ ކޮބާ؟
6. ''ލައިލަތުލްޤަދުރިވިލޭރޭ 1000
މައްސަރަށްވުރެ ހެޔޮކަން
ބޮޑެވެ.'' މިޢިބާރާތުން ދޭހަވާ މާނަލިޔޭ!
7. ''މަލާއިކަތުންނާއި ޖިބްރީލުގެފާނު ﷲގެ
އިޒުނަފުޅާއެކު
ހުރިހާ އަމުރު ފުޅަކާއިގެން އެރޭ ފައިބައި ވަޑައިގަންނަވާނެއެވެ.'' މިޢިބާރާތުން
ދޭހަވަނީ ކޮންކަމެއް؟
8. ސޫރަތުލްޤަދުރި
ބާވައިލެއްވި ސަބަބު ބުނެދީ!
ގުރުއާނުގެޢިލްމު:
1. ގުރުއާނުގެ
ތަޢާރަފްލިޔޭ!
2. ކީރިތިގުރުއާނުގެ
ތަޢާރަފުގައި " ކިޔެވުން އަޅުކަމެއްގެގޮތުގައި ލައްވަވައި" މިހެންއޮތުމުންދޭހަވާ
މާނައަކީކޮބާ؟
3. ކީރިތިގުރުއާން
އަހަރެމެންނާ ހަމައަށް އައިސްފައިވަނީ " ތަވާތުރުގެމަގުންނެވެ". ބުނާބަހުގެމާނައަކީކޮބާ؟
4. ގުރުއާނުގެ ޢިލްމަކީކޮބާ؟ އަދި އޭގެ
މިސާލެއްލިޔޭ!
5. ގުރުއާނުގެ
ޢިލްމު އުގެނުމުގެ ފައިދާތަކުގެ ތެރެއިން 3 ފައިދާއެއްލިޔޭ!
6. ކީރިތިގުރުއާނަށް
ތަފާތު ނަންތަކެއް ދެވިފައިވާއިރު އޭގެތެރެއިން އެންމެ މަޝްހޫރު ދެނަމެއްލިޔޭ!
7. ގުރުއާނުގެ
ތައާރަފުގައި " އަރަބިބަހުންބާވައިލެއްވި"
މިހެންއޮތުމުންދޭހަވާމާނައަކީކޮބާ؟
8. ޤުރްއާނުގެ
ޢިލްމުގައި ހިމެނޭ މައިގަނޑު ބައިތަކަކީކޮބާ؟
9. އިސްލާމްދީނަށް
ގޮވާލެއްވުމުގައި ރަސޫލުންނާއި ނަބިއްޔުން ދީނަށް ގޮވައިލެއްވުމުގައި
ބޭނުންކުރެއްވި ޙިކުމަތްތެރި ގޮތްތަކުގެ މިސާލެއް ބުނެދީ!
10. ގުރުއާން
ބާވައިލެއްވުމަކީކޮބާ؟
11. ވަޙީގެ
ތައާރަފެއްލިޔޭ!
12. ގުރުއާނުގެ
ދެބާވައިލެއްވުމަކީކޮބާ؟
13. ކީރިތިގުރުއާނުގެ
ފުރަތަމަ ބާވައިލެއްވުމަކީކޮބައިކަމާއި މިބާވައިލެއްވުނީ ކިހިނެއްކަމާއި،
ކޮންރެއެއްގައިކަން ބަޔާންކުރޭ!
14. ސަމާވީ ފޮތްތަކަކީކޮބާ؟
15. " ހަމަކަށަވަރުން ތިމަންރަސްކަލާނގެ
އެގުރުއާންބާވައިލެއްވީ ލައިލަތުލް ގަދްރިވިލޭރޭގައެވެ."
މިމާނައިން ދޭހަވާ
ކަމެއްލިޔޭ!
ކީރިތިގުރުއާން
އެންމެ ރެއަކުންބާވައިލެއްވުނުކަމުގެ ހެއްކަކީކޮބާ؟
16. ކީރިތިގުރުއާނުގައި
އެފޮތް ބާވައިލެއްވުނުރޭ ސިފަކުރައްވާފައިވަނީ ކޮންގޮތަކަށްކަމާއި
އެރެއަކީކޮބައިކަން ބަޔާންކުރޭ!
17. ކީރިތިގުރުއާނުގެ
ދެވަނަބާވައިލެއްވުމަކީކޮބައިކަމާއި، އަދި މިބާވައިލެއްވުނީ ކޮންގޮތަކަށްކަމާއި،
އަދި ކިހާމުއްދަތެއްގެތެރޭގައިކަން ބަޔާންކުރޭ
"ކާފިރުވީމީހުންބުންޏެވެ. އެކަލޭގެފާނުގެމައްޗަށް
އެއްފަހަރާ ގުރުއާން ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ އެއީ،ތިމަންރަސްކަލާނގެ
އެއިން ކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައެވެ. އަދި
ތިމަންރަސްކަލާނގެ އެގުރުއާން ލަސްލަހުން ކިޔަވައިދެއްވުމަކުން ކިޔަވައިދެއްވީމެވެ." މިއީ
ފުރުގާންސޫރަތުގެ 32 ވަނައާޔަތުގެމާނައެވެ. މިމާނައިން ދޭހަވާ ތިންކަމެއްލިޔޭ!
ގުރުއާން
ވަކިވަކިންބާވައިލެއްވުމުގެ ޙިކުމަތްތަކުގެ ތެރެއިން 4 ޙިކުމަތެއްލިޔޭ!
No comments:
Post a Comment