ޤުރުއާނުގެ ބައި:
ލައިލް ސޫރަތް:
1- ލައިލްސޫރަތުގައި
ބައެއްމަޚްލޫގުން ގަންދެއްވާފައިވުމުން ދޭހަވަނީކޮންކަމެއް؟
2- " ފަހެ. ތިމަންރަސްކަލާނގެ ފަސޭހަކަންހުރިމަގަށް އެމީހަކަށް
މަގު ފަހިކޮށްދެއްވާ ހުށީމެވެ." މިމާނާގައި ފަސޭހަކަންހުރިމަގަށް
އިޝާރާތްކުރައްވާފައި އެވާ މަގަކީކޮބާ؟ އަދި " އެމީހަކަށް" މިހެން
އިޝާރާތްކުރައްވާ ފައިއެވަނީ ކޮންކަހަލަ ޞިފަތަކެއް އެކުލެވިގެންވާ މީހަކަށްކަން
ބަޔާންކުރޭ!
3- " ހަމަކަށަވަރުން ތެދުމަގު ދެއްކުންވަނީ ތިމަން
ރަސްކަލާނގެއަށްކަން ކަށަވަރެވެ." މިއީ ލައިލް ސޫރަތުގެ ބާރަވަނައާޔަތުގެ
މާނައެވެ. މިޢިބާރަތުން ދޭހަވާމާނަލިޔޭ!
4- ދަހިވެތިވެ، ﷲ ފިޔަވައި އަމިއްލައަށްފުދިގެންކަމަށް ހީކޮށް،
އެންމެ ހެޔޮބަސް ދޮގުކުރާމީހުންނަށް ހުރިގެއްލުމަކީކޮބާ؟
5- އިންސާނާގެ ޢަމަލުތައް ތަފާތުވެގެންވެއެވެ. ބުނެވޭބަހުގެ
މާނައަކީކޮބާ؟
6- ނަރަކައިން ސަލާމަތްކުރައްވާނެކަމަށް ލައިލް ސޫރަތުގައި މާތްﷲ
އަންގަވާފައިވަނީކާކު؟
7- އެކަންތަކެއްކުރުމުން ނަރަކައަށް ދިއުމަށްމަގު ފަހިވެގެންދާ
ކަންތައްތައް ސޫރަތުއްލައިލުގެ އަލީގައި ބަޔާންކުރޭ!
8- އެކަންތަކެއްކުރުމުން ސުވަރުގެއަށް ދިއުމަށްމަގު ފަހިވެގެންދާ
ކަންތައްތައް ސޫރަތުއްލައިލުގެ އަލީގައި ބަޔާންކުރޭ!
9- ތަގްވާވެރިވުމުގެ ގޮތުން ކުރެވިދާނެ 5 ކަމެއް ހިމަނައިގެން 5 ފޮޅުވަތުގެ ޕެރެގްރާފެއްލިޔޭ!
10- ކީރިތިގްރުއާނުގެ ބައެއްސޫރަތްފެއްޓެވުމުގައި ﷲ ތަޢާލާ އެކަލާނގެ
އުފެއްދެވި ބައެއްތަކެތި ގަންދެއްވާ ބަސްވަޙީކުރައްވާފައިވެއެވެ. މީގެ
ޙިކްމަތަކީކޮބާ؟
ޟުޙާސޫރަތް:
1- ޟުޙާސޫރަތް ބާވައިލެއްވުމުގެ ސަބަބު ކުރުކޮށް ބަޔާންކުރޭ!
2-
" އަދިނިކަންހުރެ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލޭގެފާނަށް ދެއްވާނެކަންކަން ކަށަވަރެވެ. ދެންކަލޭގެފާނު
ރުހިވޮޑިގެންނަވާނެއެވެ." މިއީޟުޙާސޫރަތުގެ އާޔަތެއްގެ މާނައެވެ. މިމާނާގައި
އިޝާރާތްކުރައްވާފައިވާ ނިޢުމަތްތަކަކީކޮބާ؟
3- ޟުޙާސޫރަތުގެ އެންމެފަހު އާޔަތުގައި " ނިޢުމަތުގެ ވާހަކަ ދައްކާށޭ"
ބުނާބަހުގެ މާނައަކީކޮބާ؟
4- ޟުޙާސޫރަތުގައި މާތްﷲ ކީރިތިރަސޫލާ އަށް ތިންކަމަކަށް އަމުރުކުރައްވާ
ވަޞިއްޔަތްކުރައްވާފައިވާ ތިންކަމަކީކޮބާ؟
5-
" ކަލޭގެފާނު
ޔަތީމަކުކަމުގައިވަނިކޮށް ، އެކަލާނގެ ، ކަލޭގެފާނު ދެކެވޮޑިގެންނުވޭހެއްޔެވެ.؟ ދެން އެކަލާނގެ
ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ." މިއީ ޟުޙާސޫރަތުގެ 6 ވަނައާޔަތުގެ މާނައެވެ. މިމާނައިން ދޭހަވާ
ދެކަމެއްލިޔޭ!
6- ޟުޙާސޫރަތުން ދޭހަވާގޮތުގައި އާޚިރަތްދުވަހުން މާތްﷲ ރަސޫލާއަށްޓަކައި
ޚާއްޞަކުރައްވާފައިވާ ދެނިޢުމަތެއްލިޔޭ!
7- ޟުޙާސޫރަތުގައި މާތްﷲ ރަސޫލާގެ ތުއްޕުޅުއިރުގެ ޙާލަތު
ޞިފަކުރައްވާފައިވާގޮތަކީކޮބާ؟
8- ޟުޙާސޫރަތުގައި ކީރިތިރަސޫލާގެ ޒަމާނުގައި މައްކާގެ މުޖުތަމަޢުގައި
ހުރިނޭދެވޭ ބައެއް އަޚްލާޤީ ޞިފަތައް ބަޔާންކުރައްވާފައިވެއެވެ. ވީމާ އެޞިފަތައް
ބަޔާންކުރުމަށްފަހު ދިވެހި މުޖުތަމަޢުގެ އަހުލުވެރިންނާ ހުރިގުޅުން ބަޔާންކޮށް 5 ފޮޅުވަތުގެ ޕެރެގްރާފެއްލިޔޭ!
9-
ސޫރަތުއްޝަރަޙް:
1- ޝަރަޙް ސޫރަތުގައި މާތްﷲ ކީރިތިރަސޫލާގެ ނަންފުޅު މަތިވެރިކުރައްވާފައިވާ
ކަމުގައި ބަޔާންކުރައްވާ ފައިވެއެވެ. ވީމާ! ރަސޫލާގެ ނަންފުޅު
މަތިވެރިކުރައްވާފައިވާގޮތް ބަޔާންކުރޭ!
2- މާތްﷲ ރަސޫލާއަށް އެކަލޭގެފާނުގެ ހިތްޕުޅު ތަނަވަސްކޮށްދެއްވާފައިވާގޮތް
ބަޔާންކުރޭ!
3- ރަސޫލާ އުފުއްލަވާބުރަ ރަސޫލާގެ ކިބައިން މާތްﷲ
ލުއިކޮށްދެއްވާއިވާގޮތަކީކޮބާ؟
4-
" އައްޝަރަޙް" ގެމާނައަކީކޮބާ؟
5-
" އައްޝަރަޙް" ސޫރަތައް
އެނަންދެ ވުނީ ކީއްވެ؟
6-
" އައްޝަރަޙް" ސޫރަތުގެ
ދެވަނަ އާޔަތުގައި " ކަލޭގެފާނު އުފުއްލަވާބުރަ" މާނަ ކުރައްވާ ފައިވަނީ
ކޮންކަމަކަށްތަ؟
7-
ޝަރަޙް
ސޫރަތުގައި އެއްއާޔަތް ދެފަހަރަށް ތަކުރާރުކުރައްވާފައިވުމުގެ ޙިކްމަތަކީކޮބާ؟
8-
ޠީން ސޫރަތް:
1-
ސޫރަތުއްތީނުން ދޭހަވާ 4 ކަމެއް ލިޔޭ!
2-
(فَمَا يُكَذِّبُكَ بَعْدُ بِالدِّيْنِِ ) މިއީ ތީނި ސޫރަތުގެ އާޔަތެކެވެ. މިއާޔަތުގައި " اَلدِّيْن " ގެ މުރާދަކީ ކޮބާ؟
3- ސޫރަތުއްތީންގައި ބަޔާންކުރައްވާފައިވާ ގޮތުގައި މާތްالله އިންސާނާ އެންމެ ރިވެތި ސޫރާގައި އުފައްދަވައި އޭނާއަށް ފުރިހަމަ ނިޢުމަތްތަކެއް ދެއްވުމުންވެސް އެއިންސާނާ أَسْفَلَ
سفلين (ނަރަކައިގެ އެންމެ އަޑިއަށް ) ރައްދުކުރައްވައެވެ. ނަމަވެސް أَسْفَلَ سفلين ގެ ދަށުދަރަޖައަށް ރައްދުނުކުރައްވާނެ ބަޔަކު މިސޫރަތުގައި އަންގަވާފައިވެއެވެ. އެބައިމީހުންނަކީ ކޮންބައެއްކަން ބަޔާންކުރޭ!
4- ތީން ސޫރަތުގައި ބަޔާންވެފައިވާ أَسْفَلَ سفلين
(ނަރަކައިގެ އެންމެ އަޑިއަށް ) އަށް ރައްދު ކުރައްވާނެ ކަމަށް ބަޔާންކުރައްވާފައިވާ ބަޔަކީ ކޮބާ؟
5- ޢަލަޤުސޫރަތް ފެއްޓެވުމުގައި إقرأ بسم ربك އޭ ވަޙީކުރެއްވުމުން ދޭހަވާ ކަމަކީ ކޮބާ؟ އަދި الذي خلق އޭ އެންގެވުމުން ދޭހަވާ ކަމަކީ ކޮބާ؟
6- އިސްލާމްދީނުގައި އުގެނުމަށް ގޮވާލާމިންވަރު ކީރިތިޤުރުއާނުގެ ފުރަތަމަ ވަޙީ ބަސްފުޅުން އެގެއެވެ. ވީމާ އުގެނެންޖެހޭނީ ކޮންކަހަލަ ޢިލްމެއްކަމާއި ، އަދި އެއީ ކޮންގޮތަކަށްކަން ބަޔާންކުރޭ!
7- ޢަލަޤްސޫރަތުގެ 9 ވަނަ އާޔަތުގެ މާނާގައި އަންގަވާފައިވާ ފަދައިން ނަމާދުކޮށް ، الله އަށް އަޅުކަންކޮށް އުޅުން ނަހީކޮށް މަނާކުރާމީހާއަށް ޖަޒާދެއްވަނީ ކިހިނެއްކަން ޢަލަޤުސޫރަތުގެ އަލީގައި ބަޔާންކުރޭ!
8- ޢަލަޤުސޫރަތް ފައްޓަވާފައިވަނީ ކިޔެވުމާއި އުގެނުމަށް ގޮވާލައްވަމުންނެވެ. ސޫރަތް
ނިންމަވާފައިވަނީ ނަމާދުކުރުމަށާ އަޅުކަންކުރުމަށް އަންގަވަމުންނެވެ. ވީމާ މިކަމުން ދޭހަވާ ކަމަކީކޮބާ؟
9-
ޢަލަޤްސޫރަތް:
1- ޢަލަޤުސޫރަތް ފެއްޓެވުމުގައި إقرأ بسم ربك އޭ ވަޙީކުރެއްވުމުން ދޭހަވާ ކަމަކީ ކޮބާ؟ އަދި الذي خلق އޭ އެންގެވުމުން ދޭހަވާ ކަމަކީ ކޮބާ؟
2- އިސްލާމްދީނުގައި އުގެނުމަށް ގޮވާލާމިންވަރު ކީރިތިޤުރުއާނުގެ ފުރަތަމަ ވަޙީ ބަސްފުޅުން އެގެއެވެ. ވީމާ އުގެނެންޖެހޭނީ ކޮންކަހަލަ ޢިލްމެއްކަމާއި ، އަދި އެއީ ކޮންގޮތަކަށްކަން ބަޔާންކުރޭ!
3- ޢަލަޤްސޫރަތުގެ 9 ވަނަ އާޔަތުގެ މާނާގައި އަންގަވާފައިވާ ފަދައިން ނަމާދުކޮށް ، الله އަށް އަޅުކަންކޮށް އުޅުން ނަހީކޮށް މަނާކުރާމީހާއަށް ޖަޒާދެއްވަނީ ކިހިނެއްކަން ޢަލަޤުސޫރަތުގެ އަލީގައި ބަޔާންކުރޭ!
4- ޢަލަޤުސޫރަތް ފައްޓަވާފައިވަނީ ކިޔެވުމާއި އުގެނުމަށް ގޮވާލައްވަމުންނެވެ. ސޫރަތް
ނިންމަވާފައިވަނީ ނަމާދުކުރުމަށާ އަޅުކަންކުރުމަށް އަންގަވަމުންނެވެ. ވީމާ މިކަމުން ދޭހަވާ ކަމަކީކޮބާ؟
·
ގުރްއާން
ޖަމްޢު ކުރެއްވުން:
1-
ކީރިތި ޤުރްއާން ޖަމްޢުކުރެއްވުން،
ޢިލްމުވެރިން މާނަކުރައްވާފައިވާ ދެގޮތަކީ ކޮބައިކަން ބަޔާންކުރޭ!
2-
ކީރިތިޤުރްއާން
ލިޔެރައްކާތެރިކުރުމުގެ މަސައްކަތް ހިނގަމުން ދިޔައީ ސީދާ ކީރިތިރަސޫލާގެ
ބެއްލެވުމުގެ ދަށުންނެވެ. އެގޮތުން ރަސޫލާގެ ބެއްލެވުމުގެ ދަށުން ދިޔަ ހަތަރު
ކަމެއް ލިޔޭ!
3-
ކީރިތިރަސޫލާ ޞައްލަﷲ
ޢަލައިވަސައްލަމަގެ ޒަމާނުގައި އެކަލޭގެފާނު ޤުރްއާން ޖަމަޢަކުރެއްވުމުގެ
މަސައްކަތް ކުރައްވާފައިވަނީ ﷲ ގެ ވަޙީބަސްފުޅާ އެއްގޮތަށް އުނިއިތުރެއް ނެތިކަން
ޤުރްއާނުގެ ދަލީލަކުން ހާމަކޮށްދޭށެވެ!
4-
ކީރިތިރަސޫލާ
ކީރިތިޤުރްއާން ލިޔުއްވުމަށްޓަކައި ނެންގެވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ
ނަންލިޔޭ!
5-
ކީރިތިޤުރްއާން
ބާވާލެއްވެމުންދިޔަ ދުވަސްވަރު ޙަދީޘް ލިޔުއްވުން މަނާކުރެއްވިއެވެ. އޭގެ
ސަބަބަކީކޮބާ؟
6-
އަބޫބަކުރުގެފާނު
ދައުރުގައި ކީރިތިޤުރްއާން އެއްފޮތަކަށް އެއްކުރަން މެދުވެރިވި ސަބަބަކީކޮބާ؟ އަދި
އެކަމަށް މަޝްވަރާ ދެއްވީ ކޮންބޭފުޅެއް؟
7-
ޢުޘްމާނުގެ ދައުރުގައި
ކީރިތި ޤުރްއާނުގެ މުޞްޙަފުތަކެއް ލިޔެ އިސްލާމީ ޤައުމުތަކަށް ފޮނުއްވެވި ސަބަބަކީ
ކޮބާ؟
8-
އަހަރެމެންގެ އަތުގައިމިވާ
މުޞްޙަފުގެ ތަރުތީބު އައިސްފައިވަނީ ކީރިތިރަސޫލާގެ އަރިހުން ވާރިދުވެގެން
އައިސްފައިވާ ގޮތަށްކަން އެގެނީ ކިހިނެއްކަން ބަޔާންކުރޭ!
9-
ކީރިތި ޤުރްއާނުގައި އެންމެ
ފުރަތަމަ ފިލިޖެއްސެވީ ކޮންބޭފުޅެއް؟ އަދި އެބޭފުޅާ ފިލީގެގޮތުގައި ބޭނުންކުރެއްވީ
ކޮންއެއްޗެއް؟
·
ޤުރްއާނަށް
މާތްކޮށްހިތުން:
1. ޤުރްއާނަށް ޙުރުމަތްތެރިކޮށް ހިތުމަކީކޮބާ؟
ޖ. އެފޮތަކީ ތިމާ
ދިރިއުޅެންވީގޮތް އަނގައިދޭ އިލާހީ ދަސްތޫރަކަންދަނެ ތިމާގެ ބަހާއި ޢަމަލު
އެފޮތުގައިވާ ގޮތަށް ބެހެއްޓުމެވެ.
2. ޤުރްއާންއުނގެނި އެ ކިޔެވުމުގެ ބޭނުމަކކޮބާ؟
ޖ. 1ހިދާޔަތާއި ތެދުމަގު ލިބިގަތުމަށް
2. ޙައްޤާއި، ބާޠިލު ދެނެގަތުމަށް
3. ދުނިޔެއާއި އާޚިރަތުގެ
ޙަޔާތްބާއްޖަވެރިކުރުމަށް
3. ޤުރްއާނަށް ޙުރުމަތްތެރިކޮށް ހިތުމަކީކޮބާ؟ ނުވަތަ
ޤުރްއާނަށް ކަމޭހިތުމޭ ބުނާބަހުގެ މާނައަކީކޮބާ؟
ޖ. 1. ޤުރްއާނާއި އެއްގޮތަށް ތިމާގެ
ޢަމަލުތައް ބެހެއްޓުން
2. ޤުރްއާން ދަސްކުރުން އެ
އުގަންނައިދިނުން. އެކިޔަވާ އަޑުއެހުން.
3. ޤުރްއ. އެއީ ﷲގެ ކަލާމްފުޅުކަން
ދަނެ އެފޮތްގެންގުޅުމުގައި އެހެންއެއްޗެއްސަށްވުރެ އެފޮތަށް ފަރުވާތެރިވުން.
4. ޤުރްއާން ނުކިޔަވާ މީހެއްގެ މިޘާލަކީކޮބާ؟
ޖ. އެމީހެއްގެ ހިތުގައި ޤުރްއާނުގެ މިންވަރެއް ނުވާ މީހެއްގެ މިޘާލަކީ
ހަލާކުވެފައިވާ ގެއެއްގެ މިސާލެވެ
5. ޤުރްއާނަށް
ކަމޭހިތުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް ލިސްޓުކުރޭ!
ޖ. 1. އެފޮތް ކިޔަވާ އޭގައި ބުނާ އެއްޗެއް އޮޅުން
ފިލުވުމަށް މަސައްކަތްކުރުން.
ޖ. 2. ޤުރްއާން
ކިޔަވައި އޭގައިވާ ގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓުން
3. ޤުރްއާނަކީ ﷲގެ ކަލާމްފުޅުކަން
ދަނެ އެފޮތް ގެންގުޅުމުގައި އެހެންއެއްޗެއްސަށްވުރެ އެފޮތަށް ފަރުވާތެރިވުން.
4. އަޅުކަމުގެ ގޮތުން އެފޮތުން
ފަސޭހަމިންވަރެއް މަދުވެގެން ރެއަކާއިދުވާލު އެއްފަހަރު ކިޔެވުން.
5. އެފޮތް އުގެނުމަށްފަހު
އެހެންމީހުންނަށް ދަސްކޮށްދިނުން.
6. އެފޮތް ހިތުން ދަސްކުރުން.
No comments:
Post a Comment