ފަރިތަކުރުން 1 (ސޫރަތުލްބަލަދު)
1.
ބަލަދުސޫރަތުގައި މާތްﷲ ގަންދެއްވައި ވަޙީކުރައްވާފައިވާ ތަކެއްޗަކީކޮބާ؟
2.
މައްކާ، އެހެންހުރިހާ ބިންތަކަށްވުރެ މާތްވި ސަބަބަކީ ކޮބާ؟
3.
މައްކާގައި ހުންނަވައިގެން އެހެން އެއްވެސް ރަސޫލަކަށްވިއަސް ހުއްދަ ނުކުރައްވާކަމެއް، މިއުއްމަތުގެ މާތް ނަބިއްޔާއަށްވަނީ ކުޑަ ހިދުކޮޅަކަށްނަމަވެސް ހުއްދަކުރައްވާފައެވެ. ވީމާ، އެކަމަކީ ކޮނަކަމެއްހެއްޔެވެ؟
4.
"އޭނާ ބުނެއެވެ. ގިނަވެގެންވާމުދާ، ތިމަން ޚަރަދުކޮށްފީމެވެ." މިއީ ބަލަދު ސޫރަތުގެ 6ވަނަ އާޔަތުގެ މާނައެވެ. މިމާނައިގައި ޚަރަދުކޮށް ނެތިކޮށްފީމޭ ބުނުމުން ދޭހަވާ ކަމަކީ ކޮބާ؟
5.
އިންސާނާއަށް ދެއްވާފައިވާ 3ގުނަވަނެއްގެ ވާހަކަ ބަލަދު ސޫރަތުގައިވަނީ ބަޔާންކުރައްވާފައެވެ. އެތިން ގުނަވަނަކީ ކޮބާ؟ އަދި އެކަމުން އަހަރުމެންނަށް އެގެނީ ކޮންކަމެއް؟
6.
"ފަހެ ދަތިކަންހުރިމަގަށް އެއިންސާނާ ވަދެ އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟ މިއީ ބަލަދު ސޫރަތުގެ 11ވަނަ އާޔަތުގެ މާނައެވެ. މިމާނާގައި ދަތިކަންހުރިމަގުކަމުގައި އެބުނެވޭ މަގަކީ ކޮބާ؟
7.
ޔަތީމުންނާއި މިސްކީނުންގެ ތަފާތު ބަޔާންކުރޭ!
* ފަރިތަކުރުން 2 (ސޫރަތުއްޝަމްސު)
1.
ﷲތަޢާލާ އައްޝަމްސު ސޫރަތް ފައްޓަވާފައިވަނީ ތަފާތު 7ކަމެއް ގަންދެއްވަމުންނެވެ. އެކަންތައްތަކަކީ ކޮބާ؟
2.
ޘަމޫދު ބާގައިގެ މީހުންގެ ގާތަށް ފޮނުއްވި ރަސޫލަކީ ކޮބާ؟ އަދި އެބައިމީހުންނަށް ﷲގެ ޢަޒާބު ފޮނުއްވި ސަބަބަކީކޮބާ؟
3.
އާދުބާގައިގެމީހުން އުޅުނުތަން ދާދިހަފުން ޢުއްމާނުގެ ސަހަރާއިންވަނީ ފެނިފައެވެ. އެތާގެ ވަށައިގެން ހަދާފައިހުރި ތަނބުތައް ނުވަތަ ޓަވަރުތަކުގެ އަސަރުތައްވެސް ރަގަޅަށް އެގެންހުއްޓެވެ. އައްޝަމްސު އަދި އަލްފަޖުރު ސޫރަތުގެ އަލީގައި އެދެޤައުމު (ޢާދު، ޘަމޫދު) ހަލާކުވެދިޔަގޮތް ބަޔާންކުރޭ!
4.
5.
އެންމެރީތި
ސިފައިގައި ހައްދަވައި އެހެންހުރިހާ މަޚްލޫޤުންނަށްވުރެ މާތްކުރައްވާފައިވާ
މިއިންސާނާ، ނިކަމެތި ޙައިވާނުންނަށްވުރެ ދަށު ދަރަޖައަކަށްދާ ޙާލަތަކީ ކޮބައިކަން
މިސޫރަތުގެ (އައްޝަމްސު ސޫރަތުގެ) އެހީގައި ބަޔާންކުރޭ!
6.
އައްޝަމްސު
ސޫރަތުގައިވާ "الْفُجُوْر"
އާއި "تَقْوَى" ގެ މާނަލިޔޭ!
7.
އައްޝަމްސު
ސޫރަތުގައި ބަޔާންކުރައްވާފައިވާ ގޮތުގެމައްޗަށް ބިނާކޮށް ކާމިޔާބު
ލިބިގެންވާމީހަކީ ކޮބައިކަމާއި، ނާކާމިޔާބި ލިބިގެންވާ މީހަކީކޮބައިކަން
ބަޔާންކުރޭ! އަދި އެއިންކޮންމެކަމަކަށްއެކަށޭނަ މިސާލެއްލިޔޭ!
* ފަރިތަކުރުން 3 (ސޫރަތުލްފަޖުރު)
1.
ޘަމޫދު
ބާގައިގެ މީހުންގެ ގާތަށް ފޮނުއްވި ރަސޫލަކީ ކޮބާ؟ އަދި އެބައިމީހުންނަށް ﷲގެ
ޢަޒާބު ފޮނުއްވި ސަބަބަކީކޮބާ؟
2.
ޢާދު ބާގައިގެ
މީހުންގެ ގާތަށް ފޮނުއްވި ރަސޫލަކީ ކޮބާ؟ އަދި އެމީހުން މަޝްހޫރު ވެފައިވަނީ
އެމީހުންކުރި ކޮންކަންތައް ތަކެއްގެ ސަބަބުންތަ؟
3.
"އަދި
ކަޑަތަކުގެވެރި ފިރުޢައުނާމެދުގައިވެސްމެއެވެ." މިއީ ފަޖުރު ސޫރަތުގެ
ދިހަވަނަ އާޔަތުގެ މާނައެވެ. މިއާޔަތުގައި ކަޑަތަކުގެވެރި ފިރުޢައުނޭ ބުނެވޭ
ސަބަބަކީ ކޮބާ؟
4.
މުއްސަދި
ކަމަކީ އެމީހުންދެކެ މާތްﷲ ރުހިވޮޑިގެންފިކަމުގެ ހެއްކަކަށް ނުވާކަން އަލްފަޖުރު
ސޫރަތުން އެގިގެންދެއެވެ. ވީމާ، އެސޫރަތުގެ 15އަދި 16ވަނަ
އާޔަތުގެ އަލީގައި މުދާވެރިކަމާއި މުއްސަދިކަން އަދި ފަޤީރުކަމާއި ދަތިކަންދެއްވާ
ޙަޤީޤީ ސަބަބަކީ ކޮބައިކަން ބަޔާންކުރޭ!
5.
ސޫރަތުލްފަޖުރުގެ
27 -30 ވަނަ އާޔަތުގެ މާނާގައިވަނީ ( އޭ ހިތްހަމަޖެހިގެންވާ ފުރާނައާއެވެ.!
ރުހިގެންހުރެ ރުހުން ލިބިގެންވާ ޙާލު ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރި
ދާށެވެ.! ފަހެ ތިމަން ރަސްކަލާނގެ އަޅުންގެތެރެއަށް ވަންނާށެވެ.! އަދި
ތިމަންރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ.) ކީރިތި ﷲގެ މިވަޙީ ބަސްފުޅުން ދޭހަވާ
ކަންކަމުގެތެރެއިން 3 ކަމެއް ލިޔޭ
!
* ފަރިތަކުރުން 4 (އަސްބާބުއްނުޒޫލް)¬
3) އަސްބާބުއް ނުޒޫލް މިމައުޟޫޢުގެ ދަށުން ދަންނަ ބޭކަލުން
ދިރާސާ ކުރާ އެއްޗަކީ ކޮބާ؟
4) އަސްބާބުއް ނުޒޫލް ދެނެގަނެވޭނެ ގޮތްތަށް ބަޔާން ކުރޭ !
5) ތާބިޢީ ބޭކަލެއްގެ ފަރާތުން އާޔަތެއް ބާވާލެއްވި ޙާއްސަ
ސަބަބެއް ރިވާވެއްޖެ ނަމަ ގަބޫލްކުރެވޭނީ ވަކި ޝަރުތުތަކާ އެކުގައެވެ. ވީމާ އެ
ޝަރުތުތަށް ބަޔާންކުރޭ؟
6) އަސްބާބުއް ނުޒޫލް ގެ ބާވަތްތަށް ކޮންމެބަޔަކަށް މިސާލަ
ކާއެކު ލިޔޭ!
7) ޡިހާރުގެ އާޔަތްތަށް ބާވާލައްވަން މެދުވެރިވި ސަބަބު
ތަފްސީލްކޮށް ބަޔާން ކުރޭ!
8) އަސްބާބުއް ނުޒޫލް ދެނެގަތުމު ގެ ފައިދާތަށް ލިޔޭ!
9) އަސްބާބުއް ނުޒޫލް ގެ މުރާދު އަކީ : ގުރުއާން
ބާވައިލެއްވެމުން ދިޔަ ޒަމާނުގައި އެކަންތައްތަކާ ގުޅޭގޮތުން ގުޅޭގޮތުން
ގުރުއާނު ގެ ބައެއް އާޔަތްތަށް ބާވާލެއްވުމަށް މެދުވެރިވި ކަންތައްތަކެވެ. ނުވަތަ
ޙާދިސާ ތަކެވެ. މި ޢިބާރަތު ގެ ދަށުރޮގު ދަމާފައިވާ ބައިން ދޭހަވާ މާނަ ލިޔޭ؟
* ފަރިތަކުރުން 5
(ކީރިތިޤުރުއާން)
1.
ކީރިތި ޤުރުއާންގެ ފުރިހަމަ ތަޢާރަފެއް ލިޔޭ
2.
ކީރިތި ޤުރުއާން ތަވާތުރުކޮށް އައިސްވުމޭ ބުނެވޭބަހުގެ މާނައަކީ ކޮބާ؟
3.
ކީރިތި ޤުރުއާންގެ އަސާސީ މަޤުޞަދުތަކަކީ
ކޮބާ؟
4.
ޤުރުއާން ހެޔޮގޮތުގައި ބޭނުން ހިފުމަށް
ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
5.
ޤުރުއާނުގެ އަސާސީ މަޤްޞަދުތަކުގެ ތެރޭގައި ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވުން ހިމެނެއެވެ. މިކަމަށް
ދަލީލްކުރާ އާޔަތެއް ނުވަތަ އާޔަތެއްނގެ މާނަލިޔޭ!
6.
ޤުރުއާންގައި އެކުލެވިގެންވާ ބައިތަކަކީ ކޮބާ؟
7.
ޤުރުއާނުގައި ހިމެނޭ ޙުކުމްތަކުގެ ތެރޭގައި
ޢަމަލީ ޙުކުމްތައްވެސް ހިމެނެއެވެ. ވީމާ، ޢަމަލީ ޙުކުމްތަކުގެ ދެބާވަތަކީ
ކޮބައިކަމާއި އެއިން ކޮންމެ ކަމަކަށް މިސާލެއް ލިޔޭ!
·
ފަރިތަކުރުން 6 ، (ޙަދީޘް ޢިލްމު)
(1)
އިސްލާމްދީނަކީ ލުއިފަސޭހަދީނެއް
قاَلَ رَسُولُ الله صلى الله عليه وسلم "إنَّ الدِّيْنَ يُسْرٌ، وَلَنْ يُشَادَّ الدِّيْنَ أحَدٌ إلاَّغَلَبَهُ . فَسَدِّدُوْا، وَقَارِبُوْا،
وَأبْشِرُوْا، وَاسْتَعِيْنُوْا بِالْغَدْوَةِ وَالرَّوْحَةِ وَشَيْئٌ مِنَ الدُّلْجَةِ" (البخاري)
(1) މިޙަދީޘްފުޅުގައި އަހަރުމެން
އިންސާނުންނަށް ބާރުއަޅުއްވާ ހިތްވަރުދެއްވާފައިވާ ކަންތައްތަކުގެތެރެއިން
3ކަމެއްލިޔޭ!
(2)
މިޙަދީޘްފުޅުގައި (ހެދުނާއި، މެންދުރުފަހާއި،
އަދި ރޭގަޑުންބައެއް) މިވަޤުތައް ޚާއްޞަކުރައްވާފައިވަނީ ކީއްވެ؟
(3)
ޙަދީޘްފުޅެއްގައިވެއެވެ.
"އަދިމެދިކެޑުމެއްނެތި ޢަމަލުކުރާމީހުންނަށް ހުރިދަރުމައިގެ އުފާވެރިކަމުގެ ޚަބަރުދެއްވާށެވެ."
މިތަނުގައި މެދުކެޑުމެއްނެތި ޢަމަލުކުރުމެވެ. އޮތްބަސްފުޅުން ދޭހަވާ މާނަލިޔޭ!
އަދި މިސާލެއްވެސް ލިޔޭ!
(4)
މިޙަދީޘުން ލިބޭ ފިލާވަޅުތަކުން
ތިންކަމެއްލިޔޭ!
(5)
"مَنْ رَمَي مُسْلِمًا بِكُفْرٍ فَهُوَ كَقَتْلِهِ" (البخاري) މިޙަދީޘްފުޅުގެ މާނަލިޔޭ! އަދި މިހަދީޘްފުޅުން
ދޭހަވާކަމަކީ ކޮބާ؟
(6)
އިސްލާމްދީނުގެ ޙުކުމްތަކަކީ އަދާކުރަންފަސޭހަ ލުއި ލުއި
ހުކުމްތަކެކެވެ. ވީމާ، އިސްލާމީ ޘަރީޢަތާއި
ކުރީގެ ޝަރީޢަތްތައް އަޅާކިޔުމަށްފަހު އެކަންހާމަކޮށްދޭ ކޮންމެވެސް ދެކަމެއްލިޔޭ!
No comments:
Post a Comment